ads
އިނގިލި
ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެކަމަށް ބުނި މީހުން ހައްޔަރުކޮށްފި
ބިދޭސީންތަކެއްގެ އަތުން ފައިސާ ފޭރުމުގެ މައްސަލައެއްގައި ދެ ދިވެއްސަކު ފުލުހުން ރޭ މާލެއިން ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ:

  1. ސ. ހިތަދޫ އަތިރީއާގެ، އަހުމަދު ސިވާތު (37 އަހަރު)
  2. ސ. ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37 އަހަރު)

your imageފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުން

ފުލުހުން ބުނީ، ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފިނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީފައިވެއެވެ. މީގެ އިތުރުން، އެތަނުން މީހެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރިގަނެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ބިދޭސީ މީހާގެ އަތުން ފޭރުނު ފައިސާ ވަނީ އަނބުރާ ހޯދާފައެވެ. އަދި ރޭ ވަނީ ޗާންދަނީ މަގުންވެސް ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މީހެއްވެސް ހައްޔަރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް