ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޑިރެކްޓަރުން އައްޔަންކުރުމުގެ މުއްދަތު 10 ދުވަހަށް ކުރުކޮށްލާ ގާނޫނު ތަސްދީގު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ކުންފުނީގެ ގާނޫނަށް އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފިއެވެ.
Advertisement

މި އިސްލާހުގެ ދަށުން، ކުންފުނިތަކުގެ ޑިރެކްޓަރުން އައްޔަންކުރުމުގެ މުއްދަތު 30 ދުވަހުން 10 ދުވަހަށް ވަނީ ކުރުކޮށްފައެވެ.

މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 3 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އިސްލާޙުގެ ދަށުން، ރަޖިސްޓަރާގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 10 ދުވަހުގެ ތެރޭގައި ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު އައްޔަން ކުރުމަށްފަހު، އެ މައުލޫމާތު ރަޖިސްޓްރާއަށް އަންގަންޖެހޭނެއެވެ.

މީގެ އިތުރުން، މި އިސްލާހުގައި ކުންފުނިތަކުގެ ޖަލްސާ ބޭއްވުމާއި ނޯޓިސް ދިނުމުގެ މުއްދަތުތައްވެސް ކުރުކޮށްލެވިފައިވެއެވެ. މިގޮތުން، ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި އިސްލާޙުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން އަވަސްވެ، ހަރުދަނާވާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް