ads
ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު
ރާއްޖެއާއި ނޭޕާލްގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް
ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީއަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއާއި ނޭޕާލާ ދެމެދުގައި އޮތް ގުޅުމަކީ ދެގައުމުގެ މެދުގައި އޮންނަ އިހްތިރާމާއި، ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް މި ގުޅުން ދެގައުމަށް ލާބައާއި މަންފާވާނެހެން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހަކީ 20 ސެޕްޓެންބަރު 2015 ގައި އެ ގައުމުގެ އާ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަރައިގެންދާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް