ads
މާލޭ މަގުތަކަށް އުކާފައި ހުރި ވެހިކަލްތައް ސިޓީ ކައުންސިލުން ނަގަނީ
މާލޭ މަގުތަކަށް އުކާފައި ހުރި ވެހިކަލްތައް ނަގަން ފަށައިފި
މާލޭގެ މަގުތަކަށްް ދޫކޮށްލާފައި ހުރި ވެހިކަލްތައް މާލޭ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ.
Advertisement

ފުލުހުންނާއި ގުޅިގެން މި މަސައްކަތް ސިޓީ ކައުސިލުން ފެށީ މިއަދު ހެނދުނުއެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ދޫކޮށްލާފައި ހުރި ބާ ވެހިކަލްތައް އެ ކައުންސިލުން ނަގަމުން ގެންދާނެކަމަށެވެ. އަދި މިކަން ކުރަނީ މާލޭ މަގުތައް ތަރުތީބުކޮށް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. 

މާލޭ މަގުތަކުގައި ނުނަގާ ހުންނަތާ އެތައް އަހަރެއް ވީ ވެހިކަލްތައް އެބަހުރިކަމަށް ކައުންސިލުން ބުނެއެވެ. އޭގެތެރޭގައި ބައެއް ސްޕޭއާތައް ނެތް ވެހިކަލްތައް ހުރިކަން ކައުންސިލުން ފާހަގަކުރެއެވެ. 

your imageމާލޭ މަގުތަކަށް އުކާފައި ހުރި ވެހިކަލްތައް ސިޓީ ކައުންސިލުން ނަގަނީ 

މާލެއާއި ހުޅުމާލޭގައި ހުރި މި ފަދަ ބާ ވެހިކަލްތައް ނަގާ ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީންވެސް ކަމާއި ގުޅޭ ދާއިރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. މިދިޔަ ފެބްރުއަރީ މަހު ފެށި ޕްރޮގްރާމުގެ ތެރެއިން 300 އެއްހާ ވެހިކަލް މަގުތަކުން ނަގާ ވަނީ ނައްތާލައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް