ads
އެއާޕޯޓް ޑޮމްސްޓިކް ޓާމިނަލް ކައިރީ ޓެކްސީތަކެއް. ފޮޓޯ: ސަން
ޓެކްސީ ހިދުމަތް ދިނުމުގެ ޝަރުތުތައް އަލުން ހަރުކަށިކޮށްފި
ޓެކްސީގެ ހިދުމަތް ދޭން ބޭނުން ކުރާ ވެހިކަލްތައް ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ނުކޮށް ލައިސަންސް ނުލިބޭ ގޮތަށް އަނެއްކާ ވެސް ގަވާއިދު ބަދަލުކޮށްފިއެވެ. މި ބަދަލާއެކު، ޓެކްސީ ހިދުމަތް ދިނުމުގެ ޝަރުތުތައް އިތުރަށް ހަރުކަށިވެގެން ގޮސްފައިވެއެވެ.
Advertisement

މީގެ ދެ އަހަރުކުރިން ގެނެވުނު އިސްލާހުގައި، ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ކުރުމެއް ނެތި ވެސް ޓެކްސީ ހިދުމަތް ދެވޭނެ ކަމަށް ބަޔާންކޮށްފައިވިއެވެ. ނަމަވެސް، މިހާރު ގެނެވުނު އައު އިސްލާހުގެ ދަށުން، ކާރު ޓެކްސީ ލައިސަންސް ދޫކުރެވޭނީ ހަމައެކަނި ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދުތަކަށެވެ.

އިތުރަށް، ލައިސަންސް ހޯދަން ހުށަހަޅާއިރު، ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރަމުން އައި އިސްލާހު އުވިގެންދާނެއެވެ.

މި ބަދަލުތަކުގެ ސަބަބުން، ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޝަރުތުތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. މީގެ ސަބަބުން ޓެކްސީ ހިދުމަތުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ރަސްމީ އޮނިގަނޑެއްގެ ތެރެއިން ހިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް