ads
ބީއެމްއެލްގެ އާ ބޯޑުގެ މެމްބަރުން
ބީއެމްއެލްގެ އާ ބޯޑު އެކުލަވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވާ އާ ބޯޑު އެކުލަވާލައިފިއެވެ.
Advertisement

ބީއެމްއެލްގެ އާ ބޯޑުގެ ޗެއާޕާސަނަކަށް އައްޔަންކޮށްފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބްއެވެ.

ބޭންކުން ބޭއްވި  ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ވަނީ ސަރުކާރުން ބީއެމްއެލް ޑިރެކްޓްރުންގެ ބޯޑަށް އައްޔަންކުރަން ސަރުކާރުން ފޮނުވި އަލީ އިރުފާން އަދި މުހައްމަދު ޝާހިދު އައްޔަނު ކުރަން ފާސްކޮށްފައެވެ.

ސަރުކާރުން ބީއެމްއެލް ބޯޑަށް އައްޔަންކުރި މެމްބަރުން

  1. ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު.
  2. ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު.
  3. ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާ.
  4. . އެމޭޒަން، ޑރ. މަރްޔަމް ސުޒީ އާދަމް.
  5. ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން.
  6. ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ އައިޝަތު ސަޖުނީ އެ މަގާމުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އަހަރުގެ ކުރީކޮޅު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ސަޖުނީ ވަކިކުރުމަށްފަހު، ދެ ދުވަސް ފަހުން އަލުން ބޯޑަށް އައްޔަންކޮށްފައިވެއެވެ.

މީގެ ކުރިން، މިދިޔަ މަހު ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އަދި ބޯޑު މެންބަރު ޢާއިޝަތު ނޫރައްދީން ވަނީ އިސްތިއުފާދެއްވާފައިވެއެވެ. 

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވައިލުމާ ގުޅިގެން ސަރުކާރާއި ބޭންކާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބީއެމްއެލުން ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވާފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް