ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
16 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހަކު ހައްޔަރުކޮށްފި
ވައްކަމުގެ އެތައް މައްސަލައެއްގައި 16 އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށްލާފައި ހުރި މީހަކު، ވައްކަމުގެ މައްސަލައެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
Advertisement

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މި މީހާއަކީ، އއ. މަތިވެރި އިރަމާގޭ އާދަމް ޝަރީފްއެވެ. އޭނާ ހައްޔަރުކޮށް، މުއްދަތު ޖަހާފައިވައިރު، ރިކޯޑްތަކުން އެނގޭ ގޮތުގައި ވޭތިވެދިޔަ 15 އަވަރަކަށް އަހަރު ތެރޭ ވައްކަމުގެ އެތައް މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައިވެއެވެ. އަދި އެތައް މައްސަލައެއްގައި އޭނާގެ މައްޗަށް އެތައް ހުކުމެއްވެސް އިއްވާފައިވެއެވެ. އާދަމް ޝަރީފްގެ އުމުރަކީ މިހާރު 51 އަހަރެވެ.

ރެކޯޑްތަކުން އެނގޭ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ ފަޅާލުމުގެ މައްސަލައަކާއި ސްވެނިއާރާ ޝޮޕަކުން އެއްރޭ ދަންވަރު ވައްކަން ކުރުމުގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. އޭނާގެ މައްސަލަތައް ދަށު ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގައިވެސް ހިނގާފައިވާކަން ރެކޯޑްތަކުން ދައްކައެވެ.

ރެކޯޑްތަކުން އެނގޭ ގޮތުގައި އާދަމް ޝަރީފްއަކީ، ރައީސް ނަޝީދުގެ ވެރިކަމުގައި ދެވަނަ ފުރުސަތުގެ ދަށުން ޖަލުން ދޫކޮށްލި މީހެކެވެ. އޭގެ ފަހުން އެތައް މައްސަލައެއްގައި އެތައް ފަހަރަކު އޭނާ ހައްޔަރުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް