ads
ގްރީންވުޑް
ގްރީންވުޑް ހޯދަން ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ބޭނުންވޭ
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ފްރާންސްގެ މާސޭ އަށް ބަދަލުވި ފޯވާޑް، މޭސަން ގްރީންވުޑް، ހޯދަން ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން އަނެއްކާވެސް ޝައުގުވެރިވެއްޖެއެވެ.
Advertisement

ޔުނައިޓެޑުން ގްރީންވުޑް ދޫކޮށްލީ ގެވެށި އަނިޔާގެ މައްސަލަގަނޑަކާހުރެ، ކުރިއަށް ދެވޭނެ ގޮތެއް ނުވުމުންނެވެ. ކްލަބުގައި އޭނާ ބަހައްޓަން ބޭނުންވިނަމަވެސް ބޭރުގެ ޕްރެޝަރު ބޮޑުވެގެން އޭނާ ބެހެއްޓޭ ގޮތް ނުވީއެވެ. އޭނާ މާސޭއަށް ބަދަލުވެ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާ، އެތްލެޓިކޯ މެޑްރިޑް އަދި ބަޔާން މިއުނިކުންވެސް ގްރީންވުޑަށް ޝައުގުވެރިވެއެވެ. އުމުރުން 22 އަހަރުގެ ގްރީންވުޑް، މާސޭ އަށް ސޮއިކުރީ 33 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.

 މާސޭ އަށް ގްރީންވުޑް ބަދަލުވާން އުޅުމުން، އެކަމާ އެ ސިޓީގެ މޭޔަރު ފުރަތަމަ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެކަމަކު، މާސޭއާ ހަވާލުވެހުރި، ބްރައިޓަންގެ ކުރީގެ ކޯޗު، ރޮބާޓޯ ޑި ޒާބީ ވަނީ ގްރީންވުޑް ގެންނަން ނިންމި ނިންމުން ބަދަލުނުކޮށް، އެ ޓްރާންސްފާ ފުރިހަމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް