ބޮޑުވަޒީރު ގުނަވަރްދަނަ އިސްތިއުފާ ދެއްވަމުން ވިދާޅުވީ ޑިސާނަޔަކަގެ އާ ސަރުކާރާއި އާ ބޮޑުވަޒީރަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ވީ އެންމެ އަވަހަކަށް އޭނާ އިސްތިއުފާ ދިނުން ލަންކާ އަށް މި ވަގުތު މުހިއްމު ކަމަށެވެ.
ލަންކާގެ ނުވަ ވަނަ ރައީސް ކަމުގެ ހުވާ ޑިސަނަޔަކެ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެދުނު އޮތް ކުޑަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.
ގުނަވަރްދަނަ އަށް ލަންކާގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 2022 ވަނަ އަހަރުގެ ޖުލައި މަހު ކުރީގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއިރު ބޮޑު ވަޒީރަކަށް ހުންނެވީ މަހިންދަ ރާޖަޕަކްޝަ އެވެ.
ރާޖަޕަކްޝަ އަދި ގޯތާބަޔަ އިސްތިއުފާ ދެއްވާފައި ވަނީ, ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ގޯސްވުމާ ގުޅިގެން އޭނާގެ ސަރުކާރާ ދެކޮޅަށް އެތަކެއް ހާސް ބަޔަކު ކުރި ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ.
ޑިސާނަޔަކަގެ ކުރިމަތީގައި ދެން އޮތީ އާ ސަރުކާރެއް އެކުލަވައިލައި, ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމުގެ ޒިންމާ އެވެ. 225 މެންބަރުން ތިބޭ ގާނޫނު ހަދާ މަޖިލީހުގައި އޭނާގެ ޖޭވީޕީ ތަމްސީލު ކުރައްވަނީ މިހާރު އެންމެ ދެ މެންބަރުންނެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ރައްޔިތުންނާ މުހާތަބުކުރައްވައި އަނޫރާ ދެއްކެވި ވާހަކަތަކުގައި ސަރުކާރު ހިންގުން ހަރުދަނާކުރެއްވުމަށް އެހެން ޕާޓީތަކަށް ދައުވަތު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަނޫރާ ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން ހަތަރު މެމްބަރުންގެ ކެބިނެޓެއް އެކުލަވާލައްވާނެ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރެ އެވެ. މި ވަގުތަށް ސުވާލަކީ އާ ބޮޑު ވަޒީރެއް އަންނަނީ ކޮން ބޭފުޅެއް ތޯ އެވެ. އަނޫރާ މިއަދު ވަނީ ސިފައިން އަދި ފުލުހުންގެ ވެރިންނާއި ކުއްލި ގިތަކަށް ބައްދަލު ކުރައްވާ ފަ އެވެ
އަނޫރާ ވަނީ ވެރިކަން ލިބިވަޑައިގަތުމުން، ގާނޫނު ހަދާ މަޖިލިސް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ގައުމުގެ ހުރިހާ ކަމެއް އަލުން، ސާފުކޮށް ފެށުމަށް ކުރަންޖެހޭ ކަމެކެވެ.
ގާނޫންހަދާ މަޖިލިސް އުވާލަނީ ސަރުކާރަށް އެއްބާލުން ހޯދުމަށް މެމްބަރުން އިތުރުކުރުމަށް ކަމަށް ބެލެވެ އެވެ.