ads
ލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަނީ
އަޅުގަނޑުމެންގެ ސިޔާސީ މައިދާން ސާފުވާން ޖެހޭ: ލަންކާ ރައީސް
ސްރީ ލަންކާގެ ސިޔާސީ މައިދާން ސާފުވާން ޖެހޭ ކަމަށް މިއަދު ވެރިކަމުގެ ހުވާ ކުރެއްވި އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ ވިދާޅު ވެއްޖެ އެވެ.
Advertisement

ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެދުނު ބޭއްވި އާދައިގެ ރަސްމިއްޔާތެއްގަ ހުވާކުރެއްވި އަނޫރާ ވެގެންދާނީ ލަންކާގެ ނުވަ ވަނަ ރައީސް އަށެވެ. 

ޑިސާނަޔަކަ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު, އޭނާއަށް ތާއީދު ކުރާ އެތަކެއް ސަތޭކަ ބަޔަކު ވަނީ ވެރިރަށް ކޮލަބްމޯގައި ހުންނަ ރައީސް އޮފީސް ކައިރިއަށް ޖަމާވެ, އޭނާއަށް ތާއީދު ފާޅުކޮށްފަ އެވެ.

your imageސްރީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކަ ހޮނިހިރު ދުވަހު ވޯޓު ދެއްވުމަށް ފަހު ނުކުމެވަޑައިގަންވަނީ. - ފޮޓޯ: އޭއެފްޕީ

ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިސާނަޔަކަ ވިދާޅުވީ އުއްމީދުން ފުރިފައިވާ އެތައް މިލިއަން ލޮލަކުން އަޅުގަނޑުމެން ކުރިއަށް ގެންގޮސް، އެންމެން އެކުގައި މި ތިބީ ސްރީ ލަންކާގެ ތާރީހް އަލުން ލިޔަން ތައްޔާރުވެގެން ކަމަށެވެ. 

ރައްޔިތުން ބޭނުންވެ ހިނިހިރު ދުވަހު ގޮވައިލާފައި ވަނީ ތަފާތު ސިޔާސީ މަސްރަހަކަށް ލަންކާ ބަދަލުވުމަށް ކަމަށާއި ސަރުކާރު ހިންގުމުގައި ވެސް ހެޔޮ ބަދަލު ފެންނަން ރައްޔިތުން ބޭނުން ކަމަށެވެ.

"ޑިމޮކުރަސީ ހިމާޔަތްކޮށް ނަގަހައްޓަން މަސައްކަތް ކުރުމުގައި ދެމިހުރުމަށް އަޅުގަނޑު ވައުދުވަން. އަޅުގަނޑުމެންގެ ސިޔާސީ މައިދާން ސާފުވާން ޖެހޭ" ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމުރުން 55 އަހަރުގެ އަނޫރާ ވިދާޅުވި އެވެ.

އަނޫރާ ޑިސާނަޔަކަ އިންތިހާބު ކާމިޔާބު ކުރެއްވީ ލަންކާއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް މައުލޫއަށް ވަލާލާތުކުރައްވައިގެންނެވެ. އެ ގޮތުން ދަރަނިން ބަނދެވިފައި އޮތް ލަންކާގައި ދުޅަހެޔޮ އިގުތިސާދެއް ގޮވާންކުރެއްވުމަކީ އަނޫރާގެ ވައުދެކެވެ.

ލަންކާގެ އިގުތިސާދު ބަދަލުކޮށްލެއްވުމަށް އަނޫރާ، ރައީސްކަމުގެ ފުރަތަމަ ދުވަހު ފައްޓަވާ އެޖެންޑާގައި އޮތީ ކޮރަޕްޝަން ނައްތާލުމެވެ.

އަނޫރާ ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއަށްވުރެ މިލިއަނަކަށްވުރެ ގިނަ ވޯޓުން ކުރީގަ އެވެ. ލަންކާގައި ވޯޓު ލާއިރު އެ މީހަކު ވޯޓު ދޭނެ ތިން ކެންޑިޑޭޓެއްގެ ނަމުގައި ފާހަގަޖަހަން ޖެހޭއިރު، އިސްކަންދޭ ފުރަތަމަ ކެންޑިޑޭޓުގެ ވޯޓުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ކުރިއެއް ނުލިބުނެވެ. އެކަމަކު ދެ ވަނަ އެންމެ ގިނަ މީހުން ފާހަގަ ޖެހި ކެންޑިޑޭޓުގެ ވޯޓު ހިމެނުމުން އަނޫރާ 55 ޕަސެންޓުން މައްޗަށް ގޮސް ލިބިވަޑައިގަތީ ތާރީހީ ކާމިޔާބީއެކެވެ.

އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 76 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.

ސްރީ ލަންކާގައި ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ, 2022ވަނަ އަހަރު ބާރު ފައިސާގެ ރިޒާވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހުސްވި އަހަރު ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެން ތެލާއި, ބޭހާއި ކައްކާ ގޭސް ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުން މެދުކެނޑި, ސްރީ ލަންކާގެ ރައްޔިތުން ހާލުގައި ޖެހުނެވެ. އައިއެމްއެފްގެ ލޯނާ އެކު ސްރީ ލަންކާގެ އިގުތިސޯދަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވީ ނަމަވެސް, ތަކެތީގެ އަގުތައް އުފުލިފައި އޮތުމަކީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އަނޫރާ ޑިސަނަޔަކެ ރިޔާސީ ވައުދުތައް:

ލަންކާގެ އިގުތިސާދަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮރަޕްޝަން ކަމަށް ޑިސަނަޔަކެ ވިދާޅުވެ އެވެ. ނިކަމެތި މީހާއަށް ވަޒީފާއެއް ނުދެވިގެން އުޅެނީ މަޝްހޫރުކަން ހޯދަން ވެރިން މަސައްކަތްކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އޭނާގެ ވައުދު ތަކުގެ ތެރޭގައި:

  • ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ފެށުން
  • ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރުން
  • ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުން
  • އައިއެމްއެފްއާ އެކު ހަދާފައިވާ އެއްބަސްވުމުން ލަންކާގެ އާދައިގެ ގިނަ ބަޔަކަށް ލިބޭ ވޭން ކުޑަ ކުރުން 
  • ޓެކްސް އެޑްމިނިސްޓްރޭޝަން އިސްލާހުކުރުން
  • ވިޔަފާރީގެ އޮނިގަނޑު ލުއިކޮށް، ވިޔަފާރީގެ މާހައުލު ހަރުދަނާ ކުރުން
  • ޕްރައިވެޓް ސެކްޓާ އަކީ ކުރިއެރުމުގެ އިންޖީނެއްގެ ގޮތުގައި ބެހެއްޓުމަށް ބާރު އެޅުން
  • އިޖުތިމާއީ ދުޅަހެޔޮކަމުގެ ނުރައްކާ ކުޑަކުރުން
  • ސަރުކާރުން ނަގައިފައިވާ ލޯނުތަކުގެ އޮޑިޓެއް ހަދައި، މުހިންމު ދާއިރާތަކަށް ބޭރުގެ އިންވެސްޓްމެންޓް ހޯދުން
  • ކޮރަޕްޝަނާއި ޖިނާއި މައްސަލަތައް އަލުން ބަލައި، ކުށްވެރިވާ ބަޔަކަށް އަދަބު ދިނުން 

ސްރީ ލަންކާގައި ސިޔާސީ ގޮތުން ކުއްލި މަގުބޫލުކަމެއް ލިބިވަޑައިގަތް އަނޫރާ ޑިސެނަޔަކަ އެ ގައުމުގެ ސިޔާސީ ބޮޑުންނާ ވާދަކުރައްވައި ރިޔާސީ އިންތިހާބުގައި ކުރި މިހާރު އެވަނީ ހޯއްދަވައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް