ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީ އިންޑިޔާ އަތުން ބަލިވެގެންނެވެ. އިންޑިޔާ އަތުން ތިން ލަނޑު ސުން ލަނޑުން ބަލިވެ ދިވެހި ޓީމު ކެޓީ ލަނޑުގެ ތަފާތުން ބަންގްލަދޭޝްއަށްވުރެ ދަށަށް ދިޔުމުންނެވެ.
ރާއްޖެ، އިންޑިޔާ އަދި ބަންގްލަދޭޝް ހިމެނު ގްރޫޕުގައި ރާއްޖެއާ ބަންގްލަދޭޝްއަށް ލިބުނީ އެއް ޕޮއިންޓެވެ. އިންޑިޔާ ހަ ޕޮއިންޓެވެ. ރާއްޖެ ކެޓީ ތިން ލަނޑުން އިންޑިޔާ އަތުން ބަލިވުމުންނެވެ. ބަންގްލަދޭޝް އިންޑިޔާ އަތުން ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. ރާއްޖެއާ ބަންގްލަދޭޝް ވީ އެއްވަރެވެ.
މި މުބާރާތުގެ އަނެއް ގްރޫޕުގައި ހިމެނެނީ ޕާކިސްތާނު، ބޫޓާން، ނޭޕާލް އަދި ލަންކާއެވެ. ލަންކާވަނީ އެ ގްރޫޕުން ކަޓާފައެވެ. އަނެއް ތިން ޓީމަށް އަދި ސެމީގެ ފުރުސަތު އެބައޮތެވެ.