މި މުނާސަބަތުގައި އެ ދެމީހުން ވަނީ އިންސްޓަގްރާމްގައި ހާއްސަ ފޮޓޯތަކާއި ވީޑިއޯތަކެއް ޝެއާކޮށްފައެވެ.
ޕަރިނީތީ ޝެއާކުރި ފޮޓޯތަކުގެ ތެރޭގައި އޭނާއާއި ރާގަވް ގޮނޑުދޮށުގައި އިށީނދެ އިރުއޮއްސުން ބަލަން ތިބި މަންޒަރާއި، ދެމަފިރިން އަތުގައި ހިފައިގެން ގޮނޑުދޮށުގައި ހިނގާލަން އުޅޭ މަންޒަރު ހިމެނެއެވެ. މީގެ އިތުރުން ރާގަވް ވަނީ ރާއްޖޭގައި ސައިކަލު ދުއްވަމުންދާ ވީޑިއޯއެއްވެސް ޝެއާކޮށްފައެވެ.
މި ދެ ތަރިން ކައިވެނިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ދެމީހުންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖެ އައުމުން، ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށް، ހެޔޮ އެދުންތައް ދެ ތަރިންނަށް ފޮނުވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;