އެ ހަފްލާގައި އޭނާގެ އާއިލާ މީހުންނާއި ގާތް އެކުވެރިން ބައިވެރިވިއެވެ.
ބ. ކަމަދޫއަށް ނިސްބަތްވާ ޒާރާއާއި ސަން ސިޔާމް ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ސަން ސިޔާމްގެ ހަތަރުވަނަ ކައިވެންޏެވެ.
ސަން ސިޔާމްގެ އެންމެ ފަހުގެ ކައިވެންޏަކީ މޮރޮކޯއަށް ނިސްބަތްވާ އަނބިކަނބަލުންނާ އެކު 2019 ގެ ކުރީކޮޅު ކުރި ކައިވެންޏެވެ. މި ކައިވެންޏަށް އެ ދެ މަފިރިންނަށް ދިހަވަރަކަށް ދުވަސް ކުރިން ދުބާއީގައި އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައިވެއެވެ.
ސަން ސިޔާމްގެ މީގެ ކުރީގެ ކައިވެނިތަކަށް ވެސް އިތުރު ދަރިން ވަނީ ލިބިފައެވެ.