ads
ޝާދިޔާ އަދި އިތުރު މީހަކު ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަނީ
ޑރ. އިޔާޒްގެ އަނބިކަނބަލުންގެ މައްސަލަ މިއަދު ހައިކޯޓުގައި
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލާ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާގެ މައްސަލަ ހައިކޯޓުގައި ބަލަން ތައްޔާރުވެއްޖެ އެވެ.
Advertisement

ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއެކު އިތުރު އަންހެނަކުވެސް މިދިޔަ މަހު ފަހުކޮޅު ހައްޔަރުކުރި އެވެ. އެކަމަކު ދެ ފަހަރެއްގެ މަތިން ބަންދު މުއްދަތު އިތުރުކުރުމަށް ފަހު ފަހުން އެ މީހުންވަނީ ދޫކޮށްލާފައެވެ. އެ ދެ މީހުންގެ ތެރެއިން ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ހައްޔަރު ކުރި މައްސަލަ އޭނާވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ހައިކޯޓުގައި މިއަދު ބަލަން ފަށަންވަނީ ތާވަލުކޮށްފައެވެ. މައްސަލަ ބަލަން ތާވަލުކޮށްފައިވަނީ މެންދުރު ފަހަށެވެ.

މި މައްސަލައިގައި ނެރުނު ބަޔާނެއްގައި ފުލުހުން މީގެކުރިން ބުނެފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޝާދިޔާ އާއި އިތުރު މީހަކު ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާ ގުޅިގެން، ފުލުހުން އެންގުމުންވެސް އެކަމަށްވެސް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. 

ޝާދިޔާ އާއި އަދި ޝާދިޔާއެކު ހައްޔަރު ކުރި މީހަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާ ބްރޭންޑްތައް ބޮއިކޮޓްކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އުޅުނު ދެ މީހުންނެވެ.

އެމީހުން ބަންދުކުރުމާ ގުޅިގެން އަދާލަތު ޕާޓީ އާއި އެމްޑީޕީގެ އިތުރުން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު އެކަން ސަރުކާރުގެ އިސް ބޭފުޅުން އެކަން ދިފާއު ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް