ads
ރައީސް ޑރ. ވަހީދު އަދީ އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމް
ޝަފްލެޓެއްގައި އުޅުނު މައްސަލައިގައި ހުކުމް ފަސްކޮށްފި
އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމްގެ ބައްޕ އަދި ކުރީގެ މަޝްހޫރު ފިލްމީތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) ސިފައިންގެ ފްލެޓެއްގައި ދިއުޅުނު މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.
Advertisement

މި މައްސަލައަކީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގައި، ޝިޔާމްގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝާކިރުބެ ދިރިއުޅުއްވި މައްސަލައެވެ. އޭސީސީން ބުނެފައިވަނީ 2017 ޖުލައި 18 އިން 2018 ޑިސެމްބަރު 11 އާ ހަމައަށް ޝާކިރުބެ އެތަނުގައި ދިރިއުޅުއްވާފައިވާ ކަމަށެވެ.

އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެންމެ ފުރަތަމަ ނިންމީ ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ. ނަމަވެސް އަލުން އެ މައްސަލަ އޭސީސީން ބަލައި ޝިޔާމަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ ޑިސެމްބަރު 23، 2020 ގައެވެ. ޕީޖީ އޮފީހުން ޝިޔާމަށް ދައުވާކުރީ ޑިސެމްބަރު 28، 2020 ގައެވެ.

ޝިޔާމަށް ހުކުމްކުރުމަށް މިއަދު 11:30 އަށް ތާވަލްކޮށްފައި އޮތް ނަމަވެސް، ކޯޓުން މިހާރު ވަނީ އެކަން ފަސްކޮށްފައެވެ. ފަސްކުރި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް ޝިޔާމު ވަނީ އިންކާރުކުރައްވާފައެވެ.

ޝާކިރުބެ މިދުނިޔެ ދޫކޮށްފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ޝާކިރުބެއަކީ ފިލްމީ ދާއިރާގައި 1980ގެ ކުރީކޮޅުން ފެށިގެން 2000 ގެކުރީ ކޮޅާއި ހަމައަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ގިނައިން ފިލްމުތަކުގައި ކުޅުއްވާފައިވަނީ ބަައްޕައެއްގެ ރޯލެވެ.

ގައުމީ ހިދުމަތުގައި ޝާކިރުބެ އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވީ ޓީވީ މޯލްޑިވްސްގައެވެ. ޝާކިރުބެ ވިދާޅުވެފައިވާ ގޮތުގައި ޓީވީގެ ވަޒީފާއަށް ވެދެވަޑައިގަތީ ވެސް ފިލްމް ކުޅެން ބޭނުންވާތީއެވެ.

ފިލްމީ ހަޔާތުގަޔާއި ޓީވީގެ ހަޔާތުގައި ޝާކިިރުބެއަކީ، ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ނަމޫނާ ޝަހްސިއްޔަތެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް