ކެމްޕާލާ އިންޓަނޭޝަނަލް މުބާރާތް ކުރިއަށްދަނީ ޔުގެންޑާގައެވެ. މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި މީގެ ތިން މަސް ކުރިން ކުޅެ، ކޮލިފިކޭޝަނުގެ އެއް މެޗުން މޮޅުވި ޒަޔާން މި ފަހަރު މި ވަނީ ކޮލިފިކޭޝަން ތިން މެޗުން މޮޅުވެ، ގަދަ 32 ކުޅުންތެރިންގެ ތެރެއިން ފުރުސަތު ހޯދައިފަ އެވެ.
ކޮލިފިކޭޝަން ބުރުގެ ފުރަތަމަ މެޗުގައި، ޔޫގާންޑާގެ ޕްރީތު ނިކިލްކުމާރާ ކުޅެގެން ޒަޔާން މޮޅުވީ، 21-09، 21-09 އިންނެވެ. ކޮލިފައިން ދެ ވަނަ މެޗުގައި ޔޫގާންޑާގެ އަރަފާތު ކަލޫބޭއާ ދެކޮޅަށް ކުޅެގެން، 21-02، 21-03 އިން ހަސަން ޒަޔާން މޮޅުވިއިރު، ކޮލިފައިން ތިން ވަނަ މެޗުގައި، ޓެންޑޯ ކިޒީޓޯ ބަލިކުރީ ތިން ސެޓު ކުޅެގެންނެވެ. މެއިންޑްރޯގައި ގަދަ 32 ކުޅުންތެރިން ކުޅޭ ބުރުގައި ޒަޔާން ކުޅޭނީ ފަސް ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ އާރްޔާ ބިވްޕަތަކީއާ އެވެ.