ads
ފަލަސްތީނުގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް މާޒިޔާއަށް
ފަލަސްތީނުގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް މާޒިޔާއަށް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ފަލަސްތީނުގެ ގައުމީ ޓީމިގެ ކުޅުންތެރިއެއް ގެނެސްފިއެވެ.
Advertisement

މާޒިޔާއިން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ކުރިންވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައެވެ. އޭގެ ތެރޭގައި ބިދޭސީ ކީޕަރަކާ ޑިފެންޑަރަކާ މިޑްފީލްޑަރެއް އަދި ބްރެޒިލްގެ ފޯވާޑެއް ހިމެނެއެވެ.

މާޒިޔާ ސްކޮޑު ވަރުގަދަ ކޮށްފައިވާއިރު، ޓީމަށް އިރުޝާދު ދޭނީ ޔޫރަޕުގެ ކޯޗެކެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް އަދި ނޭގެއެވެ. އެހެން އެކަން އޮތް ނަމަވެސް، އޮކްޓޫބަރު މަހު ފަހުކޮޅު ފެށޭ އޭއެފްސީގެ ޗެލެންޖް ލީގުގައި މާޒިޔާއިން ކުޅެން ޖެހެއެވެ. އޮކްޓޫބަރު 26 ގައި ފަށާ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ހިމެނެނީ ވަރުގަދަ ގްރޫޕެއްގަ އެވެ.

މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.

އޭއެފްސީ ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ، އޮކްޓޫބަރު 26، އޮކްޓޫބަރު 29 އަދި ނޮވެމްބަރު 1 ގަ އެވެ. މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް