މިއަހަރު އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން ގައި، 240 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިންނެވެ. މުބާރާތް ކުރިއަށް ދިޔައީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ފަސް ކިލޯމީޓަރާ، ތިން ކިލޯ މީޓަރާ، އެއް ކިލޯ މީޓަރު އަދި ބައި ކިލޯމީޓަރުގެ ރޭހެވެ.
ކުޑަގިރީގައި މިއަދު އޮތް ފަސް ކިލޯ މީޓަރުގެ ރޭސް ކާމިޔާބު ކުރީ މުހައްމަދު ރިހާން އަދި އަޔާނާއެވެ. ތިން ކިލޯމީޓަރުގެ ރޭސް ކާމިޔާބު ކުރީ ޑެނިއަލް އަމީން ފައިސަލް އަދި ޒޯހާ އަޒްލީ ނަސީމްއެވެ.