ކެއްސާތީ ބޯ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕު އެތެރެކޮށް ވިއްކުން މިދޔަ އޮގަސްޓްމަހުގެ 19ގައި މަނާކުރީ އެ ބޭހުގައި ކުނޑިކޮޅުތަކެއް ހުރިކަމަށް ފާހަގަވެގެންނެވެ.
އެހެންވެ އެ ބޭހުގެ ރައްކާތެރިކަން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން އެ ބޭސް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އެމްއެފްޑީއޭ ކަނޑައެޅިއެވެ.
އެ އިދާރާއިން މިއަދު ބުނީ ކޮފްސީ ސިރަޕުގެ ބާޒާރުގައި ހުރި ބެޗްތަކުގެ ސާމްޕަލް ނަގާ ޓެސްކޮށް އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ބޭހުގައި މައްސަލައެއް ނެތްކަން ފާހަގަކުރެވިފައިވާކަމަށެވެ.