މި މުބާރާތަކީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކުރާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިންގ ލީގުގެ ދެ ވަނަ މުބާރާތެވެ.
5 އަހަރުގެ މެދުކެނޑުމަކަށްފަހު އަނބުރާ އަންނަ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 5 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ. މިއީ މި ސިލްސިލާގެ ތިން ވަނަ އެޑިޝަންއެވެ.
ދިރާގުގެ ބްރޭންޑް އެންޑް އިވެންޓްސް މެނޭޖަރު ނާއިޔާ ޝަރީފް ވިދާޅުވީ "މިފަދަ މުބާރާތްތަކުން ރާއްޖޭގެ ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމާއި، ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ. މިކަމަކީ ބޮޑީބޯޑިންގ ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމެއް،" ކަމަށެވެ.
އެމްބީބީއޭގެ ރައީސް ޙުސައިން ނިޒާމް ވަނީ ދިރާގުން މި ކުޅިވަރު ކުރިއެރުވުމަށް ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ދިރާގުން ބުނީ މިފަދަ ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވުމަކީ ރާއްޖޭގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.