ޔޫރޮޕާ ލީގު އަދި ޕްރިމިއާ ލީގުގައި ގާތްގާތުގައި ނެރުނު ދަށް ނަތީޖާތަކާއެކު ޓެން ހޭގް ޕްރެޝަރަށް ވެއްޓިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފައިވަނިކޮށް، ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓެން ހޭގަށް މެނޭޖްމެންޓްގެ އިތުބާރު އެބައޮތެވެ.
ސްކައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުނައިޓެޑުގެ ހައިރާކީގެ އެންމެ މަތިންވެސް ޓެން ހޭގަށް ސަޕޯޓް އެބައޮތެވެ. އަދި މި ވަގުތުވެސް މެނޭޖްމެންޓްގެ ފޯކަސް އޮތީ ޓެން ހޭގާއެކު ކުރިއަށްދާން ކަމަށާއި އިތުރަށް ސަޕޯޓް ދޭން މެނޭޖްމެންޓުން ތިބީ ތައްޔާރަށެވެ.
އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ޓޮޓްންހަމް އަތުން ތިން ލަނޑު ސުން ލަނޑުން ޔުނައިޓެޑު ބަލިވެ ޓޭބަލްގެ 12 ވަނައިގައި އޮތް އިރު، ޔޫރޮޕާ ލީގުގައިވެސް ޔުނައިޓެޑު އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެވޭ ގޮތެއް ނުވިއެވެ.