ads
އޭސީސީއާއި ހޮންކޮންގުގެ އެންޓި ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން
އޭސީސީ އާއި ހޮންކޮންގެ އައިސީއޭސީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހޮންކޮންގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

އެ އެއްބަސްވުމުގައި ސޮއިކުރީ އައިސީއޭސީގެ ދައުވަތަކަށް އޭސީސީގެ ރައީސް އާދަމް ޝާމިލް މިދިޔަ މަހުގެ 10 ވަނަ ދުވަހު ހޮންކޮންގަށް ކުރެއްވި ދަތުރުގަ އެވެ. އަދި އައިސީއޭސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ކޮމިޝަނާ ޑެނީ ޔެންގް މިންގް ވޫ އެވެ. 

ހޮންކޮންގެ އައިސީއޭސީ އަކީ، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަޙުޤީޤުކުރުމާއި ކޮރަޕްޝަން ވިޔަނުދިނުމުގެ (ޕްރިވެންޝަން) އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ބިނާކުރުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރެވޭ މުއައްސަސާއެކެވެ. 

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ރަސްމީކޮށް އެއްބަސްވުން ދެ ކޮމިޝަނުގެ މެދުގައި ބަދަލުކުރީ ނުވަވަނަ ބެލްޓް އެންޑް ރޯޑް ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ޖޯން ލީގެ ހާޒިރުގައެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާ މައިގަނޑު ކަންތައްތަކަކީ:

  • ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ބަދަލު ކުރުން
  • ކޮރަޕްޝަނާ މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދައި އިއާދަ ކުރުމުގައި އެކުގައި މަސައްކަތް ކުރުން
  • ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާ އެކަންތައްތައް ހުއްޓުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ކޮރަޕްޝަންގެ ކުށް ހުއްޓުވުމާއި ތަހުގީގު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަމާއި އެއްބަރުލުން ދިނުން
  • ދެ ފަރާތް ގުޅިގެން ކޮރަޕްޝަނާއި މަނީ ލޯންޑަރިން ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނާތަކާއި، ކޮންފަރެންސްތަކާއި ވޯކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން
  • ކޮރަޕްޝަނާއި މަނީ ލޯންޑްރިންއާ ދެކޮޅަށް މަސައްކަތްކުރުމުގައި "ބެސްޓް ޕްރެކްޓިސް"ތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ދެކޮމިޝަން ގުޅިގެން ދިރާސާކުރުން
  • ދެ ފަރާތްގުޅިގެން މުޖުތަމައާއި ފަރުދުންނާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން
  • މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް