ފޮރިން މިނިސްޓްރީގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު މިއަދު ވަނީ ތުރުކީން ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ރާއްޖެއިން ފުރަން ތައްޔާރުވެފައިވާ ކުދިންނާއި ބައްދަލުކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ. ހާލާ ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ދާ ދަރިވަރުން އެގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. ހާލާ ވިދާޅުވީ ދަރިވަރުންނަށް ދިމާވާ ކަންކަމުގައި އެހީތެރުވުމަށް ފަސޭހަވެގެން ދާނީ އޭރުންކަމަށެވެ.
ތުރުކީވިލާތުން ހުޅުވާލި ސްކޮލާޝިޕްގައި، ބެޗްލާރސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ކޯސްތައްވެސް ހިމެނެއެވެ. ތުރުކީގެ މި ސްކޮލާޝިޕްއަށް 14 ކުއްޖަކުވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން 11 ކުއްޖަކު ވަރަށް އަވަހަށް ފުރާނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;