ads
މެރިޓައިމް ހިދުމަތް ހޯދާ ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅަށް ބަނދަރުކޮށްފައި
މެރިޓައިމް ހިދުމަތް ހޯދަން ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅަށް
މެރިޓައިމް ހިދުމަތް ހޯދަން ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅަށް ބަނދަރުކޮށްފިއެވެ.
Advertisement

ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހުކުރީ މިދިޔަ މަހުގެ 18 ވަނަދުވަހުއެވެ.

އުތުރު މެރިޓައިމް ސާވިސް (ޔޫ.އެމް.އެސް)ގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު ވަނީ އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފައެވެ. ހިދުމަތް ހޯދުމަށް އައި ފުރަތަމް އުޅަނދަކީ "ޖިއަން ޖިއޭ"  ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.

އުތުރު މެރިޓައިމް ސާވިސް ދޭ އެމްޕީއެލުން ބުނީ މި ބޯޓުގެ ފަޅުވެރިން މިއަދު އުލިގަމަށް ފައިބާފައިވާކަމަށެވެ. އަދި އެރަށުގައި ހެދި  "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އެމީހުން ބައިވެރިވިކަމަށް އެމްޕީއެލުން ބުނެއެވެ. 

your imageމެރިޓައިމް ހިދުމަތް ހޯދާ ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅަށް ބަނދަރުކޮށް ފަޅުވެރިން އުލިގަމަށް ފައިބަނީ 

ބަންކަރިންނަށް އަންނަ ބޯޓުތައްކަށް ތެޔޮ ފޯރުކޮށް ދިނުމުގެ ހިދުމަތް ފިޔަވައި ދެން ދޭން ޖެހޭ ހުރިހާ ހިދުމަތެއްވެސް ފޯރުކޮށްދޭނީ އެމްޕީއެލްއިންނެވެ. އެ ހިދުމަތް ފޯރުކޮށް ދިނުމަށް ހާއްސަ އިމާރާތެއް ހއ. އުލިގަމުގައި ހުޅުވުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެތަނުގައި ސަރުކާރުގެ މުއައްސަސާތައްވެސް ގާއިމްވެ ތިބޭނޭ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް