ads
އާ ސަހަރާ މިސްކިތް ރައީސް ޑރ. މުއިއްޒު ހުޅުވާދެއްވަނީ
އާސަހަރާ ހުޅުވައިފި، ޖަނާޒާތައް މާލޭގައި
މަރާމާތަށް ފަހު އާ ސަހަރާ މިސްކިތް ހުޅުވާ މާލޭ ޖަނާޒާތައް ކުރިޔަށް ގެންދަން ފަށައިފިއެވެ.
Advertisement

އާސަހަރާ މިސްކިތާއި އެ މިސްކިތުގެ ހިނަވާގެ މަރާމަތަށް ފަހު މިއަދު ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މާލޭގެ މޭޔަރު އާދަމް އާޒިމްއެވެ. 

ދެބުރިއަށް ހެދި މި މިސްކިތް ތިރީބައި ނިންމާ މިދިޔަ މަހުގެ ހަވަނަ ދުވަހުން ފެށިގެން އައީ ބޭނުންކުރަމުންނެވެ. މުޅި މިސްކިތް ނިންމާ އެއްކޮށް މި ހުޅުވާލީ މިއަދުއެވެ. 

your imageއާ ސަހަރާ މިސްކިތް މަރާމާތަށް ފަހު މާލޭ މޭޔަރު އާދަމް އާޒިމް ހުޅުވާދެއްވަނީ 

މިސްކިތާއި ހިނަވާގެ ހުޅުވުމަށް ފަހު ސިޓީ ކައުންސިލުން ބުނީ އާސަހަރާގެ ޖަނާޒާހެ ކަންކަން މިއަދު ފެށިގެން ކުރިޔަށް ދާނެކަމަށާއި އެ ހިދުމަތް ލިބޭނީ ކުރިޔަށް ވުރެ ފިރިހަމަކޮށްކަމަށެވެ.

" މި ކައުންސިލުގެ ބެލުމުގެ ދަށުން އާސަހަރާގެ މިސްކިތާއި، ޖަނާޒާގެ ކަންތައް ކުރުމަށް ހަމަޖެހިފައިވާ އިމާރާތް އަލުން ބޮޑުކޮށް، ޖަނާޒާގެ ކަންތައް ތަނަވަސް ކަމާއެކީ ކުރެވޭނެ ގޮތައް އިންތިޒާމުތައް ހަމަޖެހި، މިއަދުން ފެށިގެން މި ހިދުމަތް ކުރިއަށް ވުރެ ފުރިހަމައަށް ލިބޭނެ ވާހަކަ ދަންނަވަން." މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

your imageމަރާމާތަށްފަހު މާލޭ އާ ސަހަރާ މިސްކިތް 

ދެ ބުރިއަށް އިމާރާތްކޮށްފައިވާ މިސްކިތުގެ މަސައްކަތް ނިމުނިއިރު 3،200 އަކަފޫޓު މިސްކިތަށް ވަނީ އިތުރުކޮށްފައެވެ.

މި މިސްކިތުގެ މަތީބައިގައި އަންހެނުންނަށް ނަމާދުކުރުމަށް ބައެއް ވަނީ ހާއްސަކޮށްފައެވެ. މީގެއިތުރުން ޖަނާޒާގައި އަންނަ މީހުން މަޑުކުރާނެ ވެއިޓިން ބަޔަކާ ޖަނާޒާތަކަށް އަންނަ ވީއައިޕީން މަޑުުކޮށްލަން ވީއައިޕީ ބައެއްވެސް ވަނީ ހަދާފައެވެ.  

your imageމާލޭ އާ ސަހަރާ މިސްކިތުގެ ނަން ބޯޑު. މަރާމާތަށް ފަހު މިއަދު ވަނީ މިސްކިތް ހުޅުވާފައި 

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު މިދިޔަ އަަހަރުގެ މޭމަހުގެ މަރާމާތުކުރަން ފެށި މިސްކިތުގެ މަސައްކަތް މި ނިމުނީ ތިން ކޮންޓްރެކްޓަރުން އެ މަޝްރޫއުއާ ހަވާލުވުމަށް ފަހުއެވެ.

މި މަސައްކަތް ހަވާލުކުރި ފުރަތަމަ ކޮންޓްރެކްޓަރު މަސައްކަތް ނުނިންމިގެން އެހެން ބަޔަކާއި ހަވާލުކުރިއިރު އެ ކުންފުންނަށް ވަނީ 4 މިލިއަަނަށް ވުރެ ގިނަ ރުފިޔާ ދޫވެސްކޮށްފެއެވެ. 

އާސަހަރާގެ މަސައްކަތަކީ ސިޓީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މަޝްރޫއަށް ކަނޑައެޅި ބަޖެޓަކީ 4.9 މިލިއަން ރުފިޔާއެވެ. އެހެންނަނަމަވެސް އާސަހަރާގެ ކަންކަން ނިންމުމަށް 11.6  މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް