ads
އިއްޔެ ގެ އޮޕަރޭޝަންގައި ބިދޭސީން އުޅޭ ތަނެއް އިމިގްރޭޝަން އޮފިސަރުން ބަލާ ފާސްކުރަނީ
ކުޑަ ތަންކޮޅަކުން އަނެއްކާވެސް ބިދޭސީންތަކެއް ނެރެފި
ކުޑަކުޑަ ތަންކޮޅެއްގައި ގަވައިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މި މީހުން ހައްޔަރުކުރީ މާލޭގައި އެކި ތަންތާ ތޮއްޖެހިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިންކަމަށެވެ. 

މި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގެ ބިދޭސީން އުޅެމުންދިޔަ ދެ އެކޮމޮޑޭޝަން ބްލޮކެއް އިއްޔެ ބަލާ ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެތަނުން ގަވައިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

އިމިގްރޭޝަނުން ބުނީ އިއްޔެ ހިންގި ރެއިޑްތަކުގައި އެ އިދާރާއާ އަލަށް ގުޅުނު އޮފިސަރުން ބައިވެރިވިކަމަށެވެ. އެގޮތުން އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން އެ ރެއިޑުގައި "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް"  ބައިވެރިވެ މަސައްކަތް ކުރިންކަން އެ އިދާރާއިން ފާހަގަކުރައެވެ. 

your imageއިއްޔެ ގެ އޮޕަރޭޝަންގައި ބިދޭސީން އުޅޭ ތަނެއް އިމިގްރޭޝަން އޮފިސަރުން ބަލާ ފާސްކުރަނީ 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ފޮނުވާލަން ކުރާ މަސައްކަތުގެ ދަށުން ފާއިތުވި 10 މަސް ތެރޭގައި 4054 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. 

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ެއެވެ. އެމަހު 690 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. މމި ސަރުކާރުން ވެރިކަމާއި ހަވާލުވި ނޮވެމްބަރު މަހު 90  ބިދޭސީން ފޮނުވާލިކަމަށް އިމިގްރޭޝަން ތަފާސް ހިސާބުތަކުން ދައްކައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް