ads
ރައްޔިތުން މަޖިލީހުގެ މައްޗަށް ގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު
ޓޭކްއަވޭ ކައުންޓަރުތައް ކައިރި މަގުތައް ގޮނޑުވާތީ ކަން ބޮޑުވޭ: ޟަމީރު
މަގުތަކުގައި ބަހައްޓާފައިވާ ލަކުޑި ޕެލެޓްތަކާއި ދަގަނޑު ޕެލެޓްތައް ނުނަގާ ވިޔަފާރި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް ނަގަން ވިޔަފާރިވެރިންނަށް އެންގުމުން ރައްޔިތުން މަޖިލީހުގެ މައްޗަށް ގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޟަމީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
Advertisement

މެމްބަރު ޟަމީރު މިހެން ވިދާޅުވެފައި މިވަނީ މަގުތަކުގައި ހުރި ޕެލްޓްތައް ނުނަގާ ޓޭކްއަވޭ ވިޔަފާރި ކުރާ ފަރާތްތަކުން މަގުތަކުގެ ސާފުތާހިރު ކަމަށް ބަހައްޓާފައިވާ ޑަސްބިންތައް ނަގަން ކައުސިލުން އަންގަމުން ދާތީ އެވެ. 

ޟަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތޮއްޖެހިފައިވާ ވެރިރަށް މާލޭގައި ޓޭކްއަވޭ ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެނީ އޮންނަ އުސޫލްގެ ދަށުންކަމަށެވެ.

މިފަދަ ވިޔަފާރިތަކަށް ފުރުސަތު ލިބެންޖެހޭ، ނަމަވެސް އެފަދަ ތަންތަނުގެ ކައުންޓަރުތައް ހުންނަނީ މަގުގެ އިންފާރުގައި، މަގުތަކުގެ ދުވާރުމައްޗާއި ދުވާރުނެތް މަގުތަކުގައިކަން ޟަމީރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިކަމުގެ ސަބަބުން އެތަންތަނުގެ ކައިރީގައި ވިޔަފާރިކުރަން އަންނަ މީހުން ގިނަވެ ތޮއްޖެހުމުން މަގުން ހިނގާ މީހުން ނުރައްކަލަށް ހުށައެޅޭކަން ޒަމީރު ފާހަގަކުރެއްވި އެވެ. އަދި ދުވާރު ނެތް މަގުތަކުގައި ބަހައްޓާފައި ހުންނަ ޕްލެޓްތަކުގެ ސަބަބުންވެސް ނުރައްކާލާ ކުރިމަތިލާންޖެހޭކަމަށް ޟަމީރު ވިދާޅުވި އެވެ. 

"ހިނގާ މީހާ ޖެހެނީ އުޅަނދު ދުއްވާން އޮންނަ މަގަށް ފައިބައިގެން މަގުމެދުން ދުއްވާ އެއްޗެހީގެ ނުރައްކަލާ ކުރިމަތިލާން، ދުވާރު ނެތް މަގުތަކުގައި ބަހައްޓާފައިވާ ލަކުޑި ޕެލެޓްތަކާއި ދަގަނޑު ޕެލެޓްތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި ވެހިކަލްތަކަށް ވަރަށް ނުރައްކާތެރި ކަމެއް." ޟަމީރު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެ އެވެ.

ޟަމީރު ވިދަޅުވީ ޕެލްޓްތައް ނުނަގާ ހަމައެކަނި މިފަދަ ވިޔަފާރި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް ނަގަން ވިޔަފާރިވެރިޔާއަށް ސިޓީ ކައުންސިލުންގެ އޮފިޝަލުން އެންގުމުން މިހާރު މިވަނީ މަގުތައް ގޮނޑުވެ، އާންމު ސާފުތާހިރުކަން ގެއްލިފައިކަމަށެވެ.

" މަގުމަތީގައި ވިޔަފާރިކުރާ މީހުންނަށް މިފަދަ ތަންތަނަށް ވަދެވޭނެ ގޮތް ހަދައި މިކަމަށް ހަރުދަނާ އުސޫލުތަކެއް މި ވިޔަފާރިވެރިންނާ މަޝްވަރާކޮށް ޒޯނިން ގަވާއިދު ނުވަތަ ވިޔަފާރި ޕްލޯޕްލޭނަށް އަވަހަށް ހައްލެއް ހޯދަން ޖެހޭ، ހަމައެކަނި ޑަސްޓްބިންތައް ނަގަން އެންގުމަކީ ހައްލެއްކަމަކަށް ނުފެނޭ." ޟަމީރު ވިދާޅުވި އެވެ.

ޟަމީރު ވިދާޅުވީ ވިޔަފާރިވެރިންނާއި ސިޓީ މެނޭޖްކުރާ ފަރާތްތަކުންވެސް ދުނިޔޭގަ ތަހުޒީބު ގައުމުތަކުގައި މިކަން ކުރާ ގޮތް ބަލާ އެފަދަ ސިޔާސަތުތައް އެކުލަވާލާ ތަހުޒީބު ބަޔަކަށް ވާންޖެހޭކަމަށެވެ

"ސިންގަޕޫރުން ތަންފީޒު ކުރަނީ ޓޭކްއަވޭ ވެންޑަރުން ކަނޑައެޅިފައިވާ ސެންޓަރުތަކުގައި، ހިނގާ މީހުންނަށް ސައިޑްވޯކް ސާފުކޮށް ބެހެއްޓުމާއި ސާފުތާހިރުކަމުގެ މިންގަނޑުތައް ދަމަހައްޓައިދޭ ޒޯނިން ގަވާއިދުގެ މައްޗައް، ހަމައެފަދައިން ޓޯކިޔޯގައި ކައުންޓަރުގެ ސައިޒާއި ޕްލޯ ޕްލޭން ގައިޑްލައިންތަކެއް ކަނޑައަޅާފައިވާއިރު، ޚާއްސަ ވެންޑިން ޒޯންތަކުގައި ބޭނުން ކުރަން ހުއްދަދީފަ އޮންނަނީ މަގުގެ ސައިޒާ ޓްރެފިކް ފްލޯޔައް ބަލާފަ، ދެ ސިޓީގައި ވެސް އާންމުންނަށް އަދި އެ ވިޔަފާރިތަކަށް ލުއިފަސޭހަ ހަރުދަނާ އުސޫލުތަކެއް ކަނނޑައެޅިފަ އޮންނަނީ." ޟަމީރު އެކްސްގައި ލިޔުއްވާފައިވެ އެވެ

މާލެ ސިޓީއަށް ޓޭކްއަވޭ ވިޔަފާރިތައް އިންޓަގްރޭޓް ކުރެވޭއިރު، ހިނގާބިނގާވެ އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ސާފު މާހައުލެއް ހޯދުމަަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކޮށް އެ މަގުން މަސައްކަތް ކުރުމަށް ޟަމީރު ވަނީ ގޮވާލައްވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް