ރާއްޖޭގައި އުފެއްދި ކާމިޔާބު ފިލްމުތައްކަމަށްވާ "ދެރިޔާ" އާއި "އަމާނާތް"ގެ ކެމެރާމަން ކޮކޯ ހަސަންގެ ފުރަތަމަ ޑައިރެކްޓްކުރާ މި ފިލްމަކީ އޭނާގެ ކޮކޯ ސްޓޫޑިއޯގެ އުފެއްދުމެކެވެ.
ފިލްމުގެ ޕްރޮޑިއުސަރަކީ ކޮކޯ ހަސަންގެ ދަރިފުޅު ޒުވާން ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ) އެވެ.
"ގެއްލުނު ރޭ" ގެ ފިލްމުގެ ޕޯސްޓަރާއި ޓްރެއިލާ މިހާރު ވަނީ އާއްމުންނަށް ދޫކޮށްލާފަ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އިބްރާހިމް ޖިހާދު (ޖީމީ)، އައިމިނަތު ޝުހާ، މަރިޔަމް ހަލީމް، މަރިޔަމް ޝިފާ ހިމެނެއެވެ.
މީގެ އިތުރުން ފިލްމީ ދާއިރާއަަށް އަލަށް ތައާރަފުވާ ކައުސަރުވެސް ހިމެނެެެވެ.
ކޮކޯ ހަސަން އަކީ ކެމެރާމަނެއްގެ އިތުރުން ހިތްގައިމު އެތައް ލަވަތަކެއް ހަދާފައިވާ މޮޅު ޅެންވެރިވެސް މެއެވެ.