ads
ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުން
ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިންޑިއާ އަށް ފެއްޓެވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރައްވައިފި އެވެ.
Advertisement

މި ބައްދަލުވުން މިރޭ އޮތީ ރައީސް މުއިއްޒު ހުންނަވާ އައިސީޓީ މޯރިއާ ހޮޓަލުގައި އެވެ.

ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއްކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން އެގުޅުން ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރެވޭކަމަށެވެ. ހާއްސަކޮށް ދެގައުމަށް ފައިދާހުރި ކަންކަން އިތުރަށް ފުރިހަމަވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެގައުމުތަކުގައި އުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށާއި، އެއީ ދިވެހިންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި އެކަންކަމަށް ހައްލުތަކެއް ގެނެސްދެއްވުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކޮންމެ ގޮތެއްވިޔަސް މިތާ އުޅޭ ދިވެހިންނަށް، މިތާ ހައިކޮމިޝަންހުރީމަ ލިބެންވާނެ ފަސޭހަތަކެއް ހުންނާނެ. އަޅުގަނޑު އެދެނީ ހައިކޮމިޝަންގެ ފަރާތުން މިހާރުލިބޭ ކޮންސުލް ހިދުމަތްތަކާއި، މިހާރު ރަނގަޅުކުރަން ހުރިކަންކަން ދަންނަވަން" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން މިއަދު ހަވީރު އިންޑިއާގެ ދިއްލީ އަށް ވަޑައިގެންފައިވާއިރު، އެންމެ ފުރަތަމަ ބައްދަލުވުން އޮތީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ އެކު އެވެ.

ދިއްލީގައި ރައީސް މުއިއްޒު ހުންނަވާ ހޮޓަލުގައި ބޭއްވެވި މި ބައްދަލުުވުމުގައި ދެ ގައުމުން އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އެންމެ މުހިންމު ކަންތައްތައް އޮންނާނީ މާދަމާ އެވެ. އެއީ އިންޑިއާ އިން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާއި ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ރައީސްގެ ބައްދަލުވުމާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް އަދި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމެވެ.

މިމަހުގެ 10ވަނަ ދުވަހާއި ހަމައަށް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅު ރައީސް މުއިއްޒު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ. ރައީސް ދިއްލީ އަށް ވަޑައިގެންނެވިއިރު، ދިއްލީގެ މަގުތަކުގައި ވަނީ ރާއްޖެ އާއި އިންޑިއާގެ ދިދަ ޖަހައި، މަރުހަބާ ދެންނެވުމަށްޓަކައި އެ މަނިކުފާނުގެ ފޮޓޯފުޅުތައް ހަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް