ads
ޑޮޕްލަރު ވެދާ ރާޑަރު ސިސްޓަމް
ވާރޭގެ މައުލޫމާތު އެއްކުރާ ރާޑަރު ހަދާ ބޭނުންކުރަން ފަށައިފި
ގިނަ ދުވަސްތަކެއް ވަންދެން ހަލާކުވެފައި ހުރި ޑޮޕްލަރު ވެދާ ރާޑަރު މަރާމާތަށްފަހު މިއަދު ބޭނުންކުރަން ފަށައިފިކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލިޖީ ހިމެނޭ ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމަށް ޓެކްނިކަލް މައްސަލަ އެއް ދިމާވެ ބޭނުންނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. 

މި ރާޑަރު ބޭނުންކޮށްގެން ހުޚުމާލެއިން ފެށިގެން ގާތްގަޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއެސްއެއްގެ ތެރޭގައި ހިންގާ މޫސުމާއި ބޭހޭ މައުލޫމާތައް ވަގުތުން ވަގުތަަށް ދެނެގަނެވޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. 

" މި ރާޑުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި ވާރޭ ވެހެމުންދާ ބޯމިނާއި ވާރޭ ވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިނުގެ ފަދަ މައުލޫމާތުތައް ބަލާލެވި ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާކުރެވޭ ވަގުތު ( ނައުކާސްޓިން ) ދެނެގަނެވޭ. " މެޓް އޮފީހުން ބުނެއެވެ.

މި ރާޑަރު ބޭނުންކޮށްގެން އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލަުމާތުތައްވެސް ދެނެގަނެވޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. މިއީ  މޫސުން ކުރިއަށް ލަފާ ކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިއްމު  މައުލޫމާތަކަށް ވެގެންދާނެކަމަށް މެޓް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް