ads
ހުޅުމާލޭގައި އިންޑިއާއިން އަޅާދިން ފްލެޓްތައް
އިންޑިއާއިން އަޅާދޭ ފްލެޓްތަކުން 700 ހައުސިން ޔުނިޓް ހަވާލުކޮށްފި
ހުޅުމާލޭގައި އިންޑިއާއިން އަޅާދިން 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.
Advertisement

ހައުސިން ޔުނިޓްތައް ނިންމާ ދިވެހި ސަރުކާރާއި އިންޑިއާއިން ހަވާލުކުރީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އޮތް ރަސްމީ މަޝްވަރާތަކަށް ފަހުއެވެ. 

މިިދޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި 4000 ފްލެޓް އިމާރާތް ކުރުމުން އަންނަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެންނެވެ. . އެގްޒިމް ބޭންކުގެ 227 މިލިޔަން ޑޮލަރު ސޮވެރިން ގެރެންޓީގައި ހުޅުމާލޭގައި ޖުމްލަ 32 ޓަވަރު އަންނަނީ އިމާރާތްކުރަމުންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ 2 ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. 

މި ހައުސިން ޔުނިޓްތަކުގެ ތެރެއިން 700 ޔުނިޓް ނިންމާ މިއަދު ވަނީ ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. 

your imageހުޅުމާލޭގައި އިންޑިއާއިން އަޅާދިން 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ތެރެއިން 

މި ޓަވަރުތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފައިވަނީ ހުޅުމާލެ 2 ގައި ހަދަމުން އަންނަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ކޭޕީއައިއެލްއިންނެވެ. ކޭޕީއައިއެލްއިން ތަރައްގީ ކުރަމުންދާ 16 ޓަވަރަށް "އަމާން އުދަރެސް" ގެ ނަމުން ނަން ދީފައިވާއިރު، އެންބީސީސީން ތަރައްގީ ކުރަމުންދާ 16 ޓަވަރަށް އަމާން ދޯދީގެ ނަމުން ނަން ދީފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް