މިދިޔަ ސަރުކާރުން ކ. ގުޅިފަޅުގައި އަޅަން އުޅުނު ރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން މި ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. މި މަޝްވަރާތަކަށް ދެ ގައުމުން ދިން ގުޅިފައިވާ ބަޔާނުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ ތިލަފުށީގައި ގާއިމު ކުރާ ވިޔަފާރި ބަނދަރަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކޮށް މިހާރަށް ވުރެ އަވަހަށް ނިންމަން ބާރު އަޅުއްވާނެކަމަށްވެސް މޯދީ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް އެ މަޝްރޫއަށް ބޭނުންވާ 400 މިލިއަން ޑޮލަރު އިންޑިއާ އެގްޒިމް ބޭންކުގެ އެހީގައި ހަމަޖައްސިއެވެ. އެހެންނަމަވެސް މި ސަރުކާރުންވަނީ އެ މަޝްރޫއު ތިލަފުއްޓަށް ބަދަލުކުރަން ނިންމާ އެ މަޝްރޫއަށް ހަމަޖެހިފައިވާ ފައިސާ އެހެން މަޝްރޫތަކަށް ހަރަދު ކުރާށެވެ.