އަންނަ ނޮވެމްބަރު މަހު އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތަކީ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕެވެ. މި މުބާރާތް އޮންނާނީ އަންނަ މަހުގެ 5-11 އަށެވެ.
15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި 55 ގައުމަކުން 500 އަށްވުރެ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެއެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނިގޮތުގައި މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާ ކުޅިވަރު މުބާރާތެވެ.
މުބާރާތް ލޯންޗުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. ވަޒީރު ވިދާޅުވީ މިފަދަ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.