ads
ރޭސް ޖަހަނިކޮށް ފެންނަ ލޯންޗުތަކުގެ ސްކްރީން ޝޮޓެއް
ފެރީ ލޯންޗުގައި ފަސެންޖަރުން ގޮވައިގެން ރޭސް ޖެހި މީހުންގެ ލައިސަންސު ހިފަހައްޓައިފި
އއ. އަތޮޅު ތޮއްޑުއަށް ދިޔަ ފެރީ ލޯންޗުތަކެއް ނުރައްކާތެރި ގޮތަކަށް ރޭސްޖެހުމާ ގުޅިގެން، އެ ލޯންޗުތައް ދުއްވި ތިން ކެޕްޓަނުންގެ ލައިސަންސު ވަގުތީގޮތުން ހިފަހައްޓައިފިއެވެ.
Advertisement

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. 

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން ފުލުހުން ވަނީ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. އެ ވީޑިއޯގައި ފެންނަނީ "ރިލެކްސް ގޯލްޑް"، "ނަސްރު ސްޕީޑް" އަދި "ރަމްޒު ކްއީން" ނަމަކަށް ކިޔާ ތިން ލޯންޗެއް ބާރު ސްޕީޑުގައި ތޮއްޑޫ ބަނދަރުގެ ނެރަށް ވަންނަ މަންޒަރެވެ. 

މ ލޯންޗުތަކުގައި ދަތުރުކުރި ފަސިންޖަރުންގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަން ފާހަގަކުރެވެއެވެ.

ފުލުހުން ބުނެފައިވަނީ މި ތިން ކެޕްޓަނުންގެ ލައިސަންސު ވަގުތީގޮތުން ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މިނިސްޓްރީން މި މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯ ހިއްސާކުރި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، މި ތިން ލޯންޗަކީ އާންމުކޮށް ބާރު ސްޕީޑުގައި ދަތުރުކުރާ ލޯންޗުތަކެކެވެ. އަދި މި ލޯންޗުތަކުގެ ކެޕްޓަނުން ދަތުރުވެރިންގެ ފުރާނައާމެދު އެކަށީގެންވާ ވަރަށް ނުވިސްނާކަން އޭނާ ފާހަގަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް