ހަށިގަނޑުގައި ރައްކާކޮށްގެން ޑްރަގު ގެންދަނިކޮށް ހައްޔަރުކޮށްފި
މުހައްމަދު އާދަމް އަހްމަދު
09 އޮކްޓޯބަރ 2024 - 20:06:44
ހަށިގަނޑުގައި ރައްކާކޮށްގެން ޑްރަގު ގެންދިޔަ ޒުވާނަކު އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރީ ށ. ނޫމަރާ ހަވީރީގޭ، އުމުރުން 24 އަހަރުގެ ޢަބްދުﷲ ފަސީހު ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަންގޮސް ހުއްޓާކަމަށް ފުލުހުން ބުނެއެވެ. އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 340 ގްރާމް ހުރިކަމަށް ފުލުހުން ބުނެެއެވެ.
މި ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ،
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް