ads
ރައީސް މުއިއްޒު، އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރާ ބައްދަލުކުރެއްވުން
ރައީސް މުއިއްޒު އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރު ތަވާރް ޗަންދު ގެހެލޫޓާއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސްގެ އަރިހުގައި، އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ރައީސް މުިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ މުހިންމުކަމާއި، އަވަށްޓެރި ދެގައުމުގެ ގޮތުގައި އޮތް ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެހެއްޓެނިވި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން ދެއްވަމުންގެންދަވާ ދީލަތި މެހްމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ. ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބޭއްވެވި މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި، ހާއްސަކޮށް ނިއުދިއްލީ އާއި މުމްބާއީގައި ކުރިއަށް ދިޔަ ބިޒްނަސް ފޯރަމްތަކުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއަދު ބެންގަލޫރުގައިވެސް އެފަދަ އިތުރު ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ.

ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރު، ރައީސް މުއިއްޒާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައި، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ހިޒް އެކްސަލަންސީ ސިދާރަމަޔާވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުކުރެއްވުމުގައި ޗީފް މިނިސްޓަރު ސިދާރަމަޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކަރްނާޓަކާއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތައުލީމާއި ސަގާފަތާ ގުޅުން ހުރި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ތަޖުރިބާ ހިއްސާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގައި ވިދާޅުވި އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުއިއްޒު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް