ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފުރުސަތަކީ ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ސްކޮލާޝިޕްގެ ދަށުން ހުޅުވައިލި ފުރުސަތެއް ކަމަށެވެ.
ވޯލްޑްބޭންކް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ސްކޮލާޝިޕްގެ ދަށުން އިކޮނޮމިކް އެންޑް ޕަބްލިކް ޕޮލިސީ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ޖަޕާނުގެ ޔުނިވާސިޓީ އޮފް ސުކުބާގައި ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޔުނިވާސިޓީ އޮފް ސުކުބާގެ އިކޮނޮމިކް އެންޑް ޕަބްލިކް ޕޮލިސީ ޕްރޮގްރާމަކީ ހިއުމަނިޓީސް އެންޑް ސޯޝަލް ސައިންސެސްގެ ދަށުން ކުރިއަށް ގެންދާ މާސްޓާސް ޑިގްރީ ޕްރޮގްރާމެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްކޮލަޝިޕަށް ހުށަހަޅުއްވާ ފަރާތުގެ ޝައުރުތައް:
އޭގެ އިތުރުން ޖަޕާނުގައި މަތީ ތައުލީމު ފުރިހަމަކުރުމަށްފަހު، ރާއްޖޭގައި މަދުވެގެން 2 އަހަރު ވަޒީފާ އަދާކުރުމަށް އެއްބަސްވުން ޝަރުތުތަކުތެރޭގައި ހިމެނޭކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޔުނިވާސިޓީ އޮފް ސުކުބާގެ ވެބްސައިޓް މެދުވެރިކޮށް، ސްކޮލާޝިޕަށް ހުށަހެޅުއްވުމުގެ ސުންގަނޑި އަކީ 15 ނޮވެމްބަރު ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
އޭގެ އިތުރުން މި ފުރުސަތާއި ގުޅޭ އިތުރު މައުލުމާތު ހޯއްދެވުމަށް ޔުނިވާސިޓީ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެ ޔުނިވާސިޓީގެ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.