ads
އޭސީސީން އެކުލަވާލި "ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް" ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އޭސީސީ
ކޮރަޕްޝަން ނައްތާލުމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް: ހައުސިން މިނިސްޓަރު
ކޮރަޕްޝަން ނައްތާލުމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަސާސީ ހިޛުމަތްތައް ދޭންޖެހޭނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނުނެގޭނެފަދަ ގޮތަކަކަށްކަމަށެވެ.

ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮވެއްޖެނަމަ، އެ ހިދުމަތްތަކަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް އެކަހެރިވުމާއި، އެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި ނިޒާމުގެ ބޭނުންނެތި ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮރަޕްޝަން ނައްތާލުމަކީ ހަމައެކަނި އެކުލަވާލާ ސިޔާސަތަކުން ކުރެވޭނެ ކަމެއް ނޫން. އެއީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއަކީ ހަމަހަމަ ނިޒާމަކުން އެންމެ ބޭނުންވާ ފަރުދުންނަށް ހިދުމަތްދެވޭކަން ޔަގީންކުރުން" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ އިޖުތިމާއީ ނިޒާމުގެތެރެއިން ކްރަޕްޝަންގެ އަމުލުތައް އެކި ގޮތްގޮތަށް ހިންގައިފައި އެބަހުރިކަމަށެވެ. އެ ކަންކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެންލުންތަކެއް ލިބި، އާންމު ގިނަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުރިކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން މުޅިން އެއްކިބާވެފައި އޮންނަ ނިޒާމަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަދަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 

ވަޒީރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް އެ ނިޒާމު ހިންގާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ގޮތް ހަދަން ޖެހޭކަމަށެވެ.

"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ގަވައިދުން އޮޑިޓްކޮށް، ފަންޑުން ހަރަދުކުރެވެމުންދާ ގޮތް ހާމަކޮށް، ފަންޑުން ފައިސާ ދޫކުރުމުގެ ޝަރުތުތައް ހަރުދަނާ ކުރަން ޖެހޭ" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެ ނިޒާމު ހަރުދަނާކުރުމަށް ފަންނިޔާތުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ކުރަން ޖެހޭކަމަށާއި، އެކި ފަރުދުންގެ ފަރާތުން ފަސާދައާއި ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވިފައިވާ ދޮރުތައް ފަންނިއްޔާތުގެ ޒަރިއްޔާއިން ބަންދުކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް