ads
ބުރިޖުގައި ސައިކަލު ދުއްވަނީ
ވައިގަދަކަމުން ސައިކަލް ދުއްވާއިރު ސަމާލުވާނެ އެދެފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮސް ވާރޭވެހި ވައި ވަރަށް ގަދަކަމުން ބްރިޖާއި ހައިވޭ މަތީ ސައިކަލް ދުއްވާ މީހުން ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
Advertisement

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އަންނަ ހޯމަދުވަހާއި ހަމައަށް މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭކަމަސް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ. 

މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

" އޭގެ އިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރަން." ފުލުހުން ނެރުނު އިލްތިމާސްގައިވެއެވެ.

28 މޭލާއި 35 މޭލާއި ދެމެދު ވައިގަދަވާބެތީ މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މިރޭގެ 07:00 ޖެހުމާއި ހަމައަށް އެލާޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. 

އާއްމުކޮށް އުދަ އަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް