ads
މާވެޔޮމަގުގައި ހުރި ގަސްވެއްޓި މަގު ބަންދުވެފައި. ފޮޓޯ: އެމްވީކްރައިސިސް
މާވެޔޮމަގުގައި ހުރިގަހެއް ވެއްޓި ސައިކަލްތަކަށް ގެއްލުންވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާވެޔޮ މަގުގައި އިންދާފައި ހުރި ބޮޑު ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެއެވެ.
Advertisement

މިއަދު ހަވީރު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ މާވެޔޮމަގުގައި ޕޭޕާވޯލްޑު ފިހާރަ ކައިރީ ހުރި ގަހެކެވެ. އެ ގަހުގެ ބުޑުން ބިންދައިގެން ގޮސް މަގު ހުރަހަށް ވެއްޓުމުގެ ސަބަބުން މަގު ބަންދުވެ ސައިކަލްތަކަކަށް ވަނީ ގެއްލުންވެފައެވެ. 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި އޮންނަ ވޯކްވޭގެ ފުރާޅު އެއްލާލައި އެ ސަރަހައްދުގައި ހުރި ބައެއް ގަސްތައްވެސް ވަނީ ވެއްޓިފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އަންނަ ހޯމަދުވަހާއި ހަމައަށް މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭކަމަސް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް