ads
ޑިންގީއެއް ދުއްވަނީ:
ކޮޅިގަނޑުގައި ސަފާރީއަކުން ކަނޑައިގެން ދިޔަ ޑިންގީ ހޯދައިފި
މިއަދު ހަވީރު ސަފާރީއަކުން ކަނޑައިގެން ދިޔަ ޑިންގީއެއް އެއްގަޑިއިރުތެރޭ މެރިން ޕޮލިހުން ހޯދާ ހަވާލިކޮށްފިއެވެ.
Advertisement

މި ހާދިސާ ހިނގީ މޫސުން ގޯސްވެ ވާ ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.

މެރިން ޕޮލިހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މިއަދު ހަވީރު 4:30 އެހާކަންހާއިރު “ސްކޫބާ ޔަންގް” ސަފާރީގެ ޑިންގީއެއް ކަނޑައިގެން ގެއްލިފައިވާކަމުގެ ރިޕޯޓެއް ލިބުނެވެ. މި މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުން ވަގުތުން ހަރަކާތްތެރިވެ އުޅަނދު ހޯދުމުގެ މަސައްކަތް ފެށިއެވެ.

ގާތްގަނޑަކަށް އެއްގަޑިއިރުގެ ހޯދުމުގެ މަސައްކަތަށްފަހު، ހަވީރު 5:05 ހާއިރު އެ ޑިންގީ ފެނުނުކަމަށް މެރިން ޕޮލިހުން ބުނެފައިވެއެވެ. ޑިންގީ ފެނުމާއެކު އެ އުޅަނދު ސަލާމަތްކޮށް އަނބުރާ “ސްކޫބާ ޔަންގް” ސަފާރީއާ ހަވާލުކުރެވުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް