ads
އަލް މަހްރާ ރިސޯޓު
ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރަން 15 މިލިއަން ޑޮލަރު ދައްކައިފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި އެންމެ ފަހުގެ މަންތުލީ ރެވެނިއު ކަލެކްޝަން ރިޕޯޓުގައި ވާގޮތުން، ރިސޯޓުތަކުގެ ކުލި މުއްދަތު އިތުރުކުރުމަށް 15 މިލިއަން ޑޮލަރު ދައްކާފައިވެއެވެ.
Advertisement

މިއީ ތިން ރިސޯޓެއްގެ ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ދައްކާފައިވާ ފައިސާ ކަމަށް ބެލެވެއެވެ.

މިދިޔަ އޮގަސްޓު 29 ގައި އަމަލުކުރަން ފެށި ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، އެއްފަހަރާ ފަސް މިލިއަން ޑޮލަރު ދައްކައިގެން ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކާއި، ބިންތަކާއި، ފަޅުތަކުގެ ކުލި މުއްދަތު 99 އަހަރަށް އިތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ކުރީގެ ސަރުކާރުން ވެސް މިފަދަ ފުރުސަތެއް ދީފައިވާއިރު، އޭރު އެ ފުރުސަތު ދީފައިވަނީ ދެ އަހަރުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. ނަމަވެސް މިހާރުގެ ގާނޫނުގައި އޮތް ގޮތުން، ހަ މަސް ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކައިގެން ކުލި މުއްދަތު އިތުރުކުރެވޭނެއެވެ.

މީގެ އިތުރުން، ކުލި މުއްދަތު އިތުރުކުރަން ބޭނުންވާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދެއްކުމަށް ވެސް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އެ މުއްދަތު ހަމަވުމަށްފަހު، ކުލި މުއްދަތު އިތުރުކުރާ ކޮންމެ މަހަކަށް ދެ ލައްކަ ޑޮލަރު ދައްކަން ޖެހޭނެއެވެ. މި ބަދަލުތަކާއެކު، ރިސޯޓުތަކަށް ލިބޭ ފުރުސަތުތައް އިތުރުވެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް