ads
ބޭނީ ޖޯންގައި ޖެކީގެ ފަސްޓް ލުކް
"ބޭބީ ޖޯން" ޖެކީ މިހިރީ ކިހިނެތް؟
ތަމަަޅަ ޑިރެކްޓަރު އެޓްލީ ކުމާރްގެ ދެން އޮތް ފިލްމު "ބޭބީ ޖޯން" ގައި ނުބައިބައި މީހާގެ ރޯލުން ފެންނަ ޖެކީގެ ޓީޒާކޮޅެއް ދައްކާލައިފި އެވެ.
Advertisement

މިދިޔަ އަހަރު ޝާހްރުކް ލީޑް ރޯލުން ފެނިގެންދިޔަ ކާމިޔާބު ފިލްމުގެ "ޖަވާން"ގެ ޑައިރެކްޓަރު އެޓްލީ ކުމާރުގެ "ބޭބީ ޖޯން" ލީޑް ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަންއެވެ. ލީޑް އަންހެންތަރިއަކީ ތަމަޅަ ފިލްތަކުގައި ކާމިޔާބު ކީރްތީ ސުރޭޝްއެވެ. ދެން ހިމެނެނީ ޖެކީ ޝްރޮފްއެވެ. 

މި ފިލްމުގައި ހާއްސަ ފެނިލުމަކުން ސަލްމާން ހާން ވެސް ފެންނާނެކަމަށް ހަބަރުތައް ބުނެއެވެ.

މި ފިލުމުގެ ފުރަތަމަ ޓީޒާ އާއްމުކުރިއިރު ފެންނަނީ ހަމައެކަނި ޖެކީ ޝޮރަފްއެވެ. "ބައްބަރު ޝޭރް" ގެ ނަމުން ނަން ދީފައިވާ މި ކެރެކްޓްގައި ފަސްޓް ލުކް ދައްކާލިއިިރު ޖެކީ ފެންނަ ގޮތް ވަރަށް ތަފާތެވެ.

"ބޭބީ ޖޯން" އަކީ އެޓްލީގެ ފިލްމެއް ނަމަވެސް އޭނާ އަކީ މި ފިލްމުގެ ޕްރޮޑިއުސަރެވެ. އެޓްލީގެ ސްކްރީން ޕެލޭއަށް ފިލްމު ޑައިރެކްޓުކުރަނީ ކަލީސްވަރަންއެވެ. އެޓްލީއާ އެކު މި ފިލްމު ޕްރޮޑިއުސްކުރުމުގައި އޭނާގެ އަންހެނުން ޕްރިޔާ އެޓްލީ އާއި ޖިޔޮތީ ދޭޝްޕާންޑޭ އަދި މުރާތު ކެތާނީ ބައިވެރިވެެއެވެ. 

"ބޭބީ ޖޯން"އަކީ 2016 ވަނަ އަހަރު ނުކުތް ކާމިޔާބު ތަމަޅަ އެކްޝަން ފިލްމު "ތެރީ"ގެ ރީމޭކެކެވެ. "ތެރީ"ގައި ލީޑު ރޯލު ކުޅުނީ ދެކުނުގެ މަޝްހޫރު އެކްޓަރު ވިޖޭއެވެ.

"ބޭބީ ޖޯން" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 25 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް