ads
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް އަނެއްކާވެސް ނަސީރު
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް އަހުމަދު ނަސީރު އަނެއްކާވެސް އައްޔަންކުރައްވައިފިއެވެ.
Advertisement

މިނިސްޓަރުން ފެންވަރުގައި ނަސީރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ ގޮތުގައި ފުރަތަމަ ހަމަޖެއްސެވީ 12 ޑިސެމްބަރު 2023 ގައެވ. އެހެންނަމަވެސް 

އޭގެ ފަހުން މި އަހަރުގެ އޭޕްރިލް 29 ގައި ނަސީރު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލު ކުރައްވާފައެވެ. އެ ބަދަލު ގެނައި ސަބަބެއް ސަރުކާރަކުން ހަމަކޮށްފައެއް ނުވެއެވެ. 

އެހެންނަމަވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ވާ ގޮތުން ނަސީރު ވަނީ އަނެއްކާވެސް އެޑްވައިޒަރު ޓު ދަ މިނިސްޓަރު އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރައްވާފައެވެ. އެ މަގާމަށް އޭނާ އަލުން އައްޔަންކުރި ދުވަހެއް ސާފެއް ނުވެއެވެ. 

ނަސީރު އަލުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކުރައްވާފައި މިވަނީ ރައީސް ޑރ. މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލާއިއެކު ފިނޭންސް މިނިސްޓަރުކަމަށް މޫސާ ޒަމީރު އައްޔަންކުރެއްވި ފަހުންކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް