ads
ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
އަންނަ އަހަރު ދިވެހި ބޭސްވެރިކަމުގެ ކޯސްތައް ގައުމީ ފެންވަރުގައި ފަށަނީ
ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވަމުން އަންނަކަމަށް އެ އިދާރާގެ ސީއީއޯ ޒޫޝާން ކަމާލުއްދީނީން ވިދާޅުވެއްޖެއެވެ.
Advertisement

މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހު، އެ އިންސްޓިޓިއުޓްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ އެ ދަތުރަކީ ކާމިޔާބު ދަތުރުރެއްކަމަށާއި އެގޮތަށް އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީންވާން ޑިމާންޑް ހުރި ދާއިރާތަކާއި، ރާއްޖެއަށް އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެން ދާކަމަށެވެ. އަދި އައު ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް ފަސޭހަވެގެންދާކަމަށް ޒޫޝާން ވިދާޅުވިއެވެ.

މި ދަތުރުގައި މޯލްޑިވިސް ނެޝަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޕޮލިޓެކްނިކްގެ ދެ ކެމްޕަސް ކަމަށްވާ، ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެންޕަސްއަށް ޒިޔާރަތްކޮށް، އެ ދެ ކެމްޕަހުގައި އެކި ދާއިރާތަކުގެ ކޯސްތަށް ހިންގުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަމާމެދު މަޝްވަރާކުރެވުނެވެ. އެގޮތުން، ގއ.ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އެކި ބޭފުޅުންގެ ފަރާތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތުތަށް ފަހިކޮއްދިނުމަށް އެދިފައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

"ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް. މި މަގްސަދު ކާމިޔާބުކުރުމަށް އަމާޒުކޮށް، ޕޮލިޓެކްނިކް އިން ވަނީ އެމްއެންއެސްޑީއޭ އަދި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު މުޅިން އައު 5 ކޯހެއް ތައާރަފްކުރުމަށް ކަނޑައަޅާފައި. އެގޮތުން، ޕޮލިޓެކްނިކުން މި އަންނަނީ 2025 ވަނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ.ވިލިނގިލި ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާއި ގުޅޭ ގައުމީ ފެންވަރުގެ ކޯހެއް ތައާރަފްކުރުމުގެ މަސައްކަތްތަށް ފަށުމަށް ތައްޔާރުވަމުން" ޒޫޝާން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްއިން އަންނަނީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ރަށްރަށުގައި ތިބެގެން ތައުލީމް އުގެނުމުގެ ފުރުސަތު ފަހިކުރުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވާ، ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް