ads
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް (ހުސެންބެ)
ސިޔާސީ މަގާމުތައް ގިނަވީ ކުރީ ސަރުކާރުން އިންތިހާބު ކާމިޔާބުކުރުމަށް ކުރި ކަމަކުން: ހުސެން
ސިޔާސީ މަގާމުތައް ގިނަވީ ކުރީ ސަރުކާރުން އިންތިހާބު ކާމިޔާބުކުރުމަށް ކުރި ކަމަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް (ހުސެންބެ) ވިދާޅުވެއްޖެއެވެ.
Advertisement

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރެއްވަމުން ހުސެންބެ ވިދާޅުވީ ކުރީގެ ސަރުކާރުން އިންތިހާބެއް ކާމިޔާބުކުރުމަށްޓަކައި އެސްއޯއީތަކަށް އެއްވެސް ވިސްނުމެއް ނެތި މީހުން އިތުރުކޮށް ވައްދާފައިވާ ކަމަށެވެ. އެއީ ދައުލަތް ސަލާމަތްކޮށް ރައްޔިތުން ހިމާޔަތްކުރުމަށް ކުރި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ނިމިދިޔަ ސަރުކާރުން ދައުލަތް ހިންގުމުގައި އަޅާފައިވާ ފިޔަވަޅުތައް ގިނަކަމުން ދައުލަތް ހިންގުމަށް ދަތިވާ ކަމަށް ހުސެންބެ ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކުރީގެ ސަރުކާރުން އެއްވެސް ހަމައެއް ނެތި ވަޒީފާއަށް ވައްދާފައި ތިބި މީހުން އެއްފަރާތް ނުކޮށް ބެލެހެއްޓުމުގެ ބުރަ މަސައްކަތް ކުރައްވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުސެންބެ އިތުރަށް ވިދާޅުވީ ކޮންމެ ރައީސަކު ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖައްސައި ރާއްޖޭގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ހާލަތުގައި މި ކަންކަން ކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް