ads
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ކޮމެޓީން ރުހުން ދިން އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު
އަޒީޒް ވިދާޅުވީ މަސަަކަތްކުރާނީ ގާނޫނީ ނިޔަތާ އެއްގޮތަށްކަމަށް، ކޮމެޓީން ރުހުން ދީފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.
Advertisement

އަބްދުލްއަޒީޒް ޖަމާލް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އިއްޔެ އެވެ. 

އެއާއި އެކު އޭނާއާ ގުޅިގެން ޝަކުވާ އޮތް ނަމަ ހުށަހަޅަން ހަ ގަޑިއިރުގެ ވަގުތެއް މަޖިލިހުން ދިނުމަށްފަހު ކޮމެޓީން މިއަދު ވަނީ އަބްދުލްއަޒީޒް ޖަމާލް އާ އިންޓަވިއުކޮށްފަ އެވެ. އެ އިންޓަވިއުގައި ވާހަކަ ދައްކަވަމުން އަބްދިލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނު ހެދުމުގެ މަސައްކަތުގައި ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި ކުރިން އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވިއިރު މަސައްކަތް ކުރައްވީ "ގާނޫނުގެ ނިޔަތާ އެއްގޮތަށް" ކަމަށާއި ދެންވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށެ ވެ. 

" އަޅުގަނޑުގެ ދައުރުގައި އެކަމަށް ކުރި މަސައްކަތަކީ ޕަބްލިސައިޒް ކޮށްގެން ކުރި ކަމެއް ނޫން. އަޅުގަނޑުގެ މަސައްކަތް ބިނާވެފައި ވަނީ ގާނޫނުގެ ނިޔަތުގެ މައްޗަށް އިނގޭތޯ. ގާނޫނުން ފެންނަ ދެލިގަނޑުގެ މައްޗަކަށް ނޫން. ނިޔަތަކީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހޯދައިދިނުން،" އަޒީޒް ވިދާޅުވި އެވެ.

އަޒީޒް ޖަމާލާ އިންޓަވިއުކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ވަނީ އޭނާއަށް 75 އިންސައްތައަށް މަތިން މާކްސް ދީފައެވެ. އެއާއި އެކު އޭނާގެ ނަން ތަޅުމަށް ފޮނުވުމަށް ކޮމެޓީން ފާސްކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ފަސް މެމްބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ. 

އަބްދުލްއަޒީޒަކީ އާރުޓީއައި ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމުގައި ހުންނެވީ 2014 އިން ފެށިގެން 2019 ވަނަ އަަހަރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;