ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން މީގެ ކުރިންވެސް އެމްއާރުއެމް އުވާލަން އީސީން ނިންމިއެވެ.
އެމްއާރުއެމް އުވާލަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓިއަށް އެންމެ ފަހުން އެންގީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަދުވަހުއެވެ. އަދި އެދުވަހުން ފެށިގެން 30 ދުވަހުގެތެރޭގައި ޕާޓީގައި ހުރިއްޔާ ހުރި މުދަލާއި ދަރަންޏާއި މެދު ޤާނޫނުގައި ވާގޮތުގެ މަތިން އަމަލު ކުރުމަށްފަހު އެކަން 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށްވެސް އެމްއާރުއެމަށް އީސީން އެދުވަހު އެންގިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން އެމްއާރުއެމްގައި މިހާރު ތިބީ 2235 މެމްބަރުންނެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމުގެ މަސައްކަތް މި ކޮމިޝަނުން ކުރަމުންދާކަަމަށެވެ.
ސިޔާސީ ޕާޓީއެއްގައި ތިބެން ގާނޫނުން ލާޒިމުކުރާ 3،000 މީހުން ހަމަނުވާ ކަމަށް ކަނޑައަޅައި އީސީން ވަނީ މިދިޔަ އަހަރުގެ މެއި 24 ގައިވެސް އެމްއާރުއެމް އުވާލާފައެވެ. އެހެންނަމަވެސް މި ނިންމުން އެޕާޓީ ކޯޓަށް ހުށައެޅުމުން ކޯޓުން ވަނީ އެޕާޓީއާ އެއްކޮޅަށް ނިންމާފައެވެ.
ސިވިލްކޯޓުން އޭރު ނިންމި ނިންމުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލީ ގާނޫނާ ހިލާފަށްކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން 50 ހާސް ރުފިޔާ އެޕާޓީއަށް ދެއްކުމަށްވެސް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރިއެވެ.