ads
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
މާބަނޑުވާ ހިސާބުން ތެލެސީމިއާ ކުއްޖެއްތޯ ބެލޭނެގޮތް ހަދަނީ
މާބަނޑުވާ ހިސާބުން ތެލެސީމިއާ ކުއްޖެއްތޯ ބެލޭނެ ޓެސްޓްތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިްސްތަރު ނާޒިމް މިހެން ވިދާޅުވީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓާ ޕްލޭން އިފްތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރު ނާޒިމް ވިދާޅުވީ ތެލެސީމިއާ ބަލި ކަށަވަރުކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި ކޮންމެހެންވެސް ހަދަންޖެހޭ ޑީއެންއޭ ޓެސްޓްތައް ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ހެދޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައިވާ ކުއްޖާއަކީ ތެލެސީމިއާ ކުއްޖެއްތޯ  ބެލުމަށް ހަދާ "ފްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް" ފެށުމަށް ތައްޔާރު ވެފައިވާކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. 

މީގެއިތުރުން ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ކަންކަން ދެނެގަތުމަށްޓަކައި އިޓަލީވިލާތާއި ސައިޕްރަސްއާއެކު މަޝްވަރާ ކުރެވި އެކަމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެފައިވާކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިންނަށް ހާއްސަ ފަރުވާ ދެވޭ ގޮތަށް ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ހޮސްޕިޓަލް އަޅަން މެލޭޝިޔާގެ ކުންފުންޏަކާއި ރޭ ވަނީ ހަވާލުކޮށްްފައެވެ. 

މި މަސައްކަތް ހަވާލުކުރީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ އެވެ.

މި ހޮސްޕިޓަލް ހިންގާ ބަލަހައްޓަން ހަމަޖެހިފައިވާ މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުނިންނެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނީ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީޒްއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް