ads
ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާބޯ ބޯޓާ ކައިރިކޮށްފައި --
ރާއްޖޭގެ ބަންކަރިން ވިޔަފާރިން ފުރަތަމަ ފަހަރަށް ބޭރުގެ ބޯޓަކަށް ތެޔޮ ވިއްކައިފި
ރާއްޖޭގައި އަލަށް ފެށި ބަންކަރިން ވިޔަފާރިން ފުރަތަމަ ފަހަރަށް ބޭރުގެ ބޯޓަކަށް ތެޔޮ ވިއްކައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯއިން ވަނީ ޗައިނާގެ ބިޔަ ބޯޓަކަށް 1،000 ޓަނުގެ ތެޔޮ ވިއްކާފައެވެ.
Advertisement

އެސްޓީއޯއިން މި ހިދުމަތް ފޯރުކޮށްދެނީ ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. އިހަވަންދިއްޕޮޅުގައި އޮންނަ އެސްޓީއޯގެ 4،000 މެޓްރިކް ޓަނުގެ ދެ ތެޔޮ އުޅަނދުގެ ތެރެއިން އެއް އުޅަނދުންނެވެ މި ބޯޓަށް ތެޔޮ ވިއްކާފައިވަނީ. މި ބޯޓަކީ ކުރިން ސްރީލަންކާގެ ބަނދަރުން ތެޔޮ އަޅަމުން ދިޔަ ބޯޓެކެވެ.

ރާއްޖެއިން މި ހިދުމަތް ދެނީ ރާއްޖެ އޮންނަ ތަނުގެ ގޮތުން ރާއްޖޭގެ އުތުރުން 8 ޑިގުރީ ޗެނަލުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތުރުކުރާ ރޫޓުން ބޭރުނުވެ ރާއްޖެއަށް ކައިރިކޮށް އޮފްޝޯކޮށް ބަންކަރިން ހިދުމަތް ހޯދޭނެ ގޮތަށެވެ. މިކަމަށްޓަކައި ހއ. ހޯރަފުށީގައި ވަނީ އަސާސީ ވަސީލަތްތައް ގާއިމުކޮށްފައެވެ.

ވިޓޯލްގެ އިންޓަނޭޝަނަލް ޝިޕިން އެންޑް ބަންކަރިން މެނޭޖިން ޑިރެކްޓަރު ރިޝާބް ބާލް ވިދާޅުވި ގޮތުގައި ރާއްޖެއަށް މި ވިޔަފާރީގައި ގިނަ އެޑްވާންޓޭޖްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރާއްޖެއަކީ އަލަށް މި ހިދުމަތް ފަށާ ގައުމަކަށްވުމުން ހިދުމަތް ހޯދާ އުޅަނދުފަހަރު ތޮއްޖެހިފައި އޮންނަ މިންވަރު ކުޑަވުން ހިމެނެއެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ވިޔަފާރި ފަށާތާ އަހަރެއްގެ ތެރޭ އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު އިގްތިސާދަށް ލިބޭނެއެވެ.

63%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް